އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އީއޭއެފްސީ، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް ހިމެނޭ މި މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ މޮޅު ހުނަރު ވަނީ ދައްކައިފައެވެ.

މުބާރާތްތައް:

އީއޭއެފްސީ: (15 ބައިވެރިން)

  • ޗެމްޕިއަން: ޔޫސުފް (ވިލާ ކޮލެޖް) – 5،000 ރުފިޔާ ނުވަތަ
  • އެއްވަނަ ރަނަރަޕް: ޒަކްވާން (ޔުނިވާސިޓީ އޮފް އެޑިންބަރާ) - 3،000
  • ދެވަނަ ރަނަރަޕް: ދާއިން (ވިލާ ކޮލެޖް) – 2،000

ޕަބްޖީ މޮބައިލް: (6 ޓީމު)

  • ޗެމްޕިއަން: އެމްއެންޔޫބީއެސް - 5،000 ރުފިޔާ
  • ފުރަތަމަ ރަނަރަޕް: ވިލާ ކޮލެޖް – 3،000 ރުފިޔާ
  • ދެވަނަ ރަނަރަޕް: އެމްއެންޔޫބީއެސް - އޯޖީއެސް - 2،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) (ފަސް ޓީމު)

  • ޗެމްޕިއަން: ޓީމް އެމްއެންޔޫ - 5،000 ރުފިޔާ
  • 1 ވަނަ ރަނަރަޕް: ޓީމް އެމްއެންޔޫ 2 – 3،000 ރުފިޔާ
  • ސެކަންޑް ރަނަރަޕް: ޓީމް ވިލާ - 2،000 ރުފިޔާ

އުރީދޫން ބުނީ އުރީދޫ ނޭޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކުރުވައި އެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.