ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދަމުންދާ ގ. ކަމަރާގޭ މުހައްމަދު ނަބީލް، 39އ (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވުމާ ގުޅިގެން އުމުރަށް ޖަލަށްލާން ހުކުމްކޮށް 100،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ ހުކުމްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން އަދި އެ ހުކުމް އާންމުކޮށްފައިނުވާތީ މައްސަލައާ ގުޅޭ މާބޮޑު ތަފުސީލެއް ނުލިބެއެވެ.

އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެގެ ހުކުމްތައް އާންމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަނަން ކަމަށެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދާ މައްސަލަތަކާ ގުޅިގެން ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ތަކުރާރުކޮށް ގެނެސްފައެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑީއޯ އާންމު ކުރުމާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދައި އާންމު ކުރި މައްސަލައިގައި ނަބީލް ވަނީ ކުރީން އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްވެސް ލައިފައެވެ.