ލިވަޕޫލަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ ޕޯޗުގަލް ފޯވަޑް ޑިއޭގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ހިނގާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އޭނާ ދަތުރުކުރަމުން ދިޔަ ކާރުގައި ޖޮޓާގެ އިތުރުން އޭނާގެ ކޮއްކޮވެސް އިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޖޮޓާގެ ކާރު އެކްސިޑެންޓަށް އެޓެންޑްވި މެޑިކަލް އެމަޖެންސީ ޔުނިޓް އަދި ޒަމޯރާގެ އެމަޖެންސީ ކޯޑިނޭޝަން ސެންޓަރާ ހަވާލާ ދީ ނޫސްތައް ބުނީ ޖޮޓާ އާއި ކޮއްކޮވެސް އެކްސިޑެންޓްގައި މަރުވެފައިވާ ކަމަށެވެ.
ޕޯޗުގަލް ގައުމީ ޓީމަށް ވެސް މުހިއްމު ރޯލެއް އަދާކުރަމުންދާ ޖޮޓާ، ވުލްވްސްއިން ލިވަޕޫލަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ކްލަބަށް އޭނާ ވަނީ 123 މެޗު ކުޅެފައެވެ. އެ މެޗުތަކުގައި 47 ގޯލު ޖެހި ޖޮޓާ، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށިވެސް އެ ކްލަބާއެކު އުފުލައިލިއެވެ.
ޖޮޓާ މަރުވި އިރު އޭނާ ދިޔައީ ޗުއްޓީ ހޭދަކުރަމުންނެވެ. ޖޮޓާ ވަނީ މީގެ ދެ ހަފުތާ ކުރިން ކައިވެނިވެސް ކޮށްފައެވެ. އެއީ އޭނާގެ ލޯބިވެރިޔާ ރޫޓް ކާޑޯސޯއާއެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް