ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރެފްކޫލްއިން، ފެނަކައަށް ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގުގެ ގޮތުގައި 722،812/92 ރުފިޔާ، ރެފްކޫލަށް ދައްކަން ސިވިލް ކޯޓުން ފެނަކައިގެ މައްޗަށް ހުކުމްކޮށްފިއެވެ.
ރެފްކޫލްއިން ފެނަކައާ ދެކޮޅަށް ދައުވާކުރީ އެ ފައިސާ ތިންމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ފެނަކައިން ވަނީ، ރެފްކޫލްއަށް ފައިސާ ދައްކަން ޖެހޭކަމަށް އެއްބަސްވެ، ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާނެ ކަމަށް ބުނެފައެވެ.
ދައުވާއަށް ފެނަކައިން އިއުތިރާފުވެފައިވާތީ ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ސިނާން އަލީ، ވަނީ ރެފްކޫލްއިން އެދުނު ގޮތަށް ތިންމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް ހުކުމްކޮށްފައެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް