އިސްލާމިކް ފައިނޭންސިންގެ ދާއިރާތަކުން 30 ސްކޮލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން އެކްސްގައި އިއްޔެކުރި ޕޯސްޓެއްގައި ބުނީ ސްކޮލާޝިޕްތަކަށް ހުޅުވާލީ އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް ސްޓްރެޖެޓީ ޕްރޮގްރާމްގެ ދަށުން ކަމަށެވެ. އެއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިމަތިލުމަށް އެމްއެމްއޭއިން ހުޅުވާލި ސްކޮލާޝިޕްތައް
- އެގްޒެކެޓިވް މާސްޓާސްއިން އިސްލާމިކް ފައިނޭންސް - ޔުނިވާސިޓީ އޮފް މެލޭޝިއާ (ފަސް ސްކޮލާޝިޕް)
- މައިކްރޯ - ސެޓިފިކޭޝަން ފްރޮމް އީއެމްއައިއެފް (އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) މެލޭޝިއާ (ފަސް ސްކޮލާޝިޕް)
- ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ޔުނިވާސިޓީ އޮފް ސެލެންގޯރް، (ޔޫއައިއެސް) މެލޭޝިއާ (20 ސްކޮލާޝިޕް)
އެމްއެމްއޭއިން ބުނީ އޭގެ ތެރެއިން އެކްޒެކެޓިވް މާސްޓާސްއިން އިސްލާމިކް ފައިނޭންސް ސްކޮލާޝިޕްތަކަށް ކުރިމަތިލާ މީހުންނަކީ 18 އަހަރާއި 40 އަހަރުގެ ދެމެދުގެ މީހުނަށް ވާންވާނެ ކަމަށެވެ. އެ މީހުންނަކީ އިކޮނޮމިކްސް، ބިޒްނަސް ނުވަތަ މެތަމެޓިކްސް، އެކައުންޓިންއިން އޭލެވެލް އިމްތިހާނުގައި ފާސްވެފަައިވާ މީހުނަށް ވާންޖެހޭނެ ކަމަށެވެ.
ދެންހުރި ސްކޮލަޝިފްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ކޯހާ ގުޅޭ ދާއިރާއަކުން ލެވެލް ހަތެއް ނޫނީ އަށެެއްގެ ސެޓްފިކްޓެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 11:59 ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ