ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އެޑިއުކޭޝަން، ވެލްނަސް، ސްޕޯޓްސްގެ އިތުރުން މެޑިކަލް ޓޫރިޒަމް ތައާރަފްކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ފެށި "މޯލްޑިވްސް - ސިންގަޕޫރު" ބިޒްނަސް ފޯރަމްގައި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ދެއްްކި ޕްރެޒެންޓޭޝަނެއްގައި ބުނީ، ރާއްޖޭގައި އޮތް ޒަމާންވީ ފަތުރުވެރިކަން ކުރިއަރުވަން އެ ދާއިރާ ސިންދަފާތުކޮށް، އެޑިއުކޭޝަން، ވެލްނަސް، ސްޕޯޓްސްގެ އިތުރުން މެޑިކަލް ޓޫރިޒަމް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެެކަމުގެ ތަފްސީލެއް ނުދެއެވެ.
ޕްރެޒެންޓޭޝަންގައި ބުނީ ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެެރިކަމުގައި ފަވައިލެވޭ މަންޒިލެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމުން 7-8 އަހަރުން އިންވެސްޓުމަންޓު ކަވަރު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ރިޓާން އޮން އިންވެސްޓްމަންޓު ލިބޭ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށް ބުންޏެވެ.
ޕްރެޒެންޓޭޝަންގައި ބުނީ ފަތުރުވެރިކަމުގެ މަޝްރޫއުތައް ދޫކުރާނީ ތިން މޮޑެލަކަށް ކަމަށެވެ. އެއީ އޯޕެން ބިޑިން އާއި ކްލޯޒް ބިޑިންގެ އިތުރުން ކްރޮސްސަބްސިޑައިޒް މޮޑެލަށް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރަން ނިންމައި އާ ބާވަތްތަކެއްގެ ފަތުރުވެރިކަމަށް ހުޅުވާލައިފައިވާއިރު، ރާއްޖެއިން މިފަހުން ވަނީ ހަލާލް-ޓޫރިޒަމަށްވެސް ހުޅުވާލައިފައެވެ. އެގޮތުން ރާއްޖޭގެ ފަސް އަތޮޅެއްގައި ހަލާލް ޓޫރިޒަމަށް ހާއްސަ ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފައެވެ.
އަލީ ޔާމިން
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް