ރާއްޖޭގެ 20 ސެންޓަރެއްގައި 1434 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުންގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ 20 ކްލާހެއްގައި 783 އަންހެން ދަރިވަރުންނާއި 651 ފިރިހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 1434 ދަރިވަރުން ގުރުއާން ހިތުދަސްކުރަމުންގެންދާ ކަމަށެވެ.

ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރު އަދި އެ ކުލާސްތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު:

  • ޝިފާއުލް ގުރުއާން ޓިއުޝަން ސެންޓަރު - އަންހެން 4، ފިރިހެން 5، ޖުމުލަ 9
  • ގުލްފާމް ގުރުއާން ކްލާސް - އަންހެން 12، ފިރިހެން 6، ޖުމުލަ 18
  • އައިއާރު ގުރުއާން ކްލާސް - އަންހެން 61، ފިރިހެން 13، ޖުމުލަ 74
  • ގުރުއާން ލާނިން ސެންޓަރު - އަންހެން 38، ފިރިހެން 18، ޖުމުލަ 56
  • ބަޝާރަތުލް ގުރުއާން - އަަންހެން 31، ފިރިހެން 23، ޖުމުލަ 54
  • ތަދްރީސުލް ގުރުއާނުލް ކަރީމް - އަންހެން 18، ފިރިހެން 24، ޖުމުލަ 42
  • ތަންޒޫލި އިންސްޓިޓިއުޝަން - އަންހެން 20، ފިރިހެން 9، ޖުމުލަ 29
  • މަނާހިލް އަލް ގުރުއާން - ފިރިހެން 6
  • ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު - ފިރިހެން 21.
  • އިލާމް އިންސްޓިޓިއުޝަން އޮފް އިސްލާމިކް ސްޓަޑީޒް (މާލެ) - އަންހެން 50، ފިރިހެން 77، ޖުމުލަ 127
  • އިލާމް އިންސްޓިޓިއުޝަން އޮފް އިސްލާމިކް ސްޓަޑީޒް (ހުޅުމާލެ) - އަންހެން 38، ފިރިހެން 54، ޖުމުލަ 102
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (މާލެ) - އަންހެން 236، ފިރިހެން 188، ޖުމުލަ 424
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ހުޅުމާލެ) - އަންހެން 91، ފިރިހެން 64، ޖުމުލަ 155
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ވިލިމާލެ) - އަންހެން 21، ފިރިހެން 24، ޖުމުލަ 45
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު (ފުވައްމުލަކު ސިޓީ ގޮފި) - އަންހެން 41، ފިރިހެން 26، ޖުމުލަ 67
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު - (ރ. އަލިފުށި ގޮފި) އަންހެން 20، ފިރިހެން 14، ޖުމުލަ 34
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު - (ގދ. ދާންދޫ ގޮފި) އަންހެން 23، ފިރިހެން 19، ޖުމުލަ 42
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު - (ރ. ކިނޮޅަސް ގޮފި) އަންހެން 43، ފިރިހެން 37، ޖުމުލަ 80
  • ޗޭނު ގުރުއާން ކްލާސް (ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި)- އަންހެން 14، ފިރިހެން 6، ޖުމުލަ 20
  • ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒު - (އދ. މަހިބަދޫ ގޮފި) އަންހެން 22، ފިރިހެން 7، ޖުމުލަ 29