ފީފާއިން މުޅިން އާ ފޯމެޓަކަށް މިއަހަރު ބާއްވަމުން އަންނަ ކްލަބު ވޯލްޑް ކަޕާ ހެދި، މެންޗެސްޓާ ސިޓީ ކުޅުންތެރީން ވަރުބަލިވެ، ހަލާކުވާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިއީ ކްލަބު ވޯލްޑް ކަޕް، 32 ޓީމާއެކު ދިގު ދެމިގެންދާ ގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ. ސީޒަން ނިމުމަށްފަހު ބާއްވާ މުބާރާތެއްގެ ގޮތުގައި ކްލަބު ވޯލްޑް ކަޕުގެ ފޯމެޓް ބަދަލުކޮށްފައިވާ އިރު، މިހާރު ބާއްވަމުން ދަނީވެސް ހަތަރު އަހަރުން އެއް އަހަރުއެވެ.
އެ ފޯމެޓަށް އެންމެ ފުރަތަމަ ބާއްވާ މުބާރާތް އެމެރިކާގައި ފެށިގެން ކުރިއަށްދާ އިރު، ގަދަ 16 ގައި ސިޓީ މިރޭ ނުކުންނަން ޖެހޭނީ ސައުދީ އަރަބިއާގެ އަލް ހިލާލާ ދެކޮޅަށެވެ. މިހާތަނަށް ގްރޫޕް ސްޓޭޖު ތިން މެޗު ކުޅުމަށްފަހު ގަދަ 16 އަށް ތައްޔާރުވެފައިވާ ސިޓީއަށް މުބާރާތުގެ ސަބަބުން ކުރާނެ އަސަރާ ގުޅޭ ގޮތުން ގާޑިއޯލާ ވަނީ މެޗުގެ ކުރިން ވާހަކަ ދައްކައިފައެވެ.
"އަހަރުގެ ބާކީ ބައިގައި އަހަރެމެންނަށް އަސަރު ކުރާނެ. އަޑުއަހާ! އަހަރެމެންގެ ޓީމަކީ މިހާރުވެސް ބޮޑު ކާރިސާއެއް. އަހަރެމެން މިތިބީ ވަރުބަލިވެގެން ހަލާކުވެފަ. ކްލަބު ވޯލްޑް ކަޕުން އަހަރެމެން ހަލާކުވާނެ. މިއީ ހަޔާތުގައި އަދި މިހެން އޮފް ސީޒަނެއްގައި މުބާރާތެއް ކުޅުނު ފުރަތަމަ ފަހަރު، އެހެންވީމަ ސީދާ ގޮތެއް ބުނަން އެނގޭނީ ސީޒަން ފެށުމުން،" ގާޑިއޯލާ ބުންޏެވެ.
ކްލަބު ވޯލްޑް ކަޕް ފުޓުބޯޅަ ކަލަންޑަރަށް އިތުރުކުރުމާއެކު އެކަމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި ކުރިން ލިވަޕޫލަށް ކޯޗުކަން ކޮށްދިން ޔާގަން ކްލޮޕްވެސް ހިމެނެއެވެ.
ގާޑިއޯލާ ބުނީ ކްލޮޕް އެވާހަކަ ދެއްކުމުންވެސް ހައިރާން ނުވާ ކަމަށާއި، ލިވަޕޫލްގައި ކްލަބު ހުރި އިރުވެސް އިނގިރޭސި ލީގުގެ ޝެޑިއުލްގެ ބުރަބޮޑުކަން އަބަދުވެސް ފާހަގަކުރާނެ ކަމަށެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ