ދިހަ ރަށެއްގައި މިސްކިތާއި ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.
އެ މަޝްރޫއުތައް ކުރިއަށްގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ނޭޝަނަލް ޓެންޑަރުން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.
އެ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 15 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށެވެ.
ބިޑު ހުށަހެޅުމަށް ހުޅުވާލާފައިވަނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި އެ ޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށްވެސް އިއުލާނުގައިވެއެވެ.
މިސްކިތް ބިނާކުރަން ނިންމާފައިވާ ދިހަ ރަށާއި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ނިންމާފައިވާ ހަތަރު ރަށް އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ ފައިސާގެ އަދަދު:
- ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ދައްކަންޖެހޭ.
- ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ދައްކަންޖެހޭ.
- ޅ. ނައިފަރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 126,000 ރުފިޔާ ދައްކަންޖެހޭ.
- ގއ. ވިލިނގިލި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ދައްކަންޖެހޭ.
- ރ. މީދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 59،000 ރުފިޔާ ދައްކަންޖެހޭ.
- ކ. ގުޅީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 59،000 ރުފިޔާ ދައްކަންޖެހޭ.
- ގދ. ނަޑެއްލާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ދައްކަންޖެހޭ.
- ގދ. މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 61،000 ރުފިޔާ ދައްކަންޖެހޭ.
- ގދ. ހޯނޑެއްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 58،000 ރުފިޔާ ދައްކަންޖެހޭ.
- ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 61،000 ރުފިޔާ ދައްކަންޖެހޭ.
- ފ. ފީއަލީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 58،000 ރުފިޔާ ދައްކަންޖެހޭ.
- ދ. ރިނބިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 65،000 ރުފިޔާ ދައްކަންޖެހޭ.
- އދ. ފެންފުށި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ރުފިޔާ ދައްކަންޖެހޭ.
- އއ. މަތިވެރި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް، ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ދައްކަންޖެހޭ.
ފާތިމަތު ލިއުޝާ
މިސްކިތް
މިސްކިތް
މިސްކިތް
މިސްކިތް