ށ. ނޫމަރާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 86 ޕަސެންޓު މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ނޫމަރާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ހާބަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ ޖޫން 22، 2023 ގައި 53.3 މިލިއަން ރުފިޔާއަށެވެ.

އެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރު ބޭސިން ފުންކުރުން.
  • 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 2،920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުން.
  • މިހާރު އޮތް އެއްގަމު ތޮށި މަރާމާތު ކުރުން.
  • 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
  • 303 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
  • 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
  • 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުން.
  • 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން.
  • 1،652 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
  • ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުން.