ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހެއްގެ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނުގައި މިރޭ އެ އެކްސިޑެންޓު ހިނގާފައިވަނީ ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. އެ އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހުންނަށް ފައިނު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އެމީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ހަސަން ފަޒީލް، މިރޭ "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފައިނުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކާއި ދެ ކުޑަކުއްޖަކަށް އަނިޔާވެގެން މިރޭ 9:30 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އެ އެންމަންނަކީ ވެސް ފިރިހެނުން ކަމަށެވެ.
އެމީހުންގެ ތެރެއިން ދެ ކުއްޖަކު ހިމެނޭހެން ތިން މީހެއްގެ ހާލު ކްރިޓިކަލް ކަމަށާއި އޭގެ ތެރެއިން ދެ ކުޑަކުދިންނަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒީލް އިތުރަށް ވިދާޅުވީ ހާލު ކްރިޓިކަލް ތިން މީހުން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެކްސިޑެންޓުގައި ދެން ހިމެނޭ މީހާ، މިހާރު ސްޓޭބަލް ނަމަވެސް، ފަރުވާއަށްފަހު ހޮސްޕިޓަލުން އަދި ދޫކޮށްލާފައިނުވާ ކަމަށެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް