ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒައިން މަރުހަލާއަށް ނިމުން ގެންނަން ބާއްވަން މަސައްކަތް ކުރާ އިންތިހާބުގައި އަހުމަދު ތޯރިގު (ޓޮމް)އަށް ތާއީދު ކުރަން ކްލަބް ގްރީން ސްޓްރީޓްސްއިން ނިންމައިފިއެވެ.
އެފްއޭއެމް އިން އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިހާބުގައިވެސް ގްރީންއަކީ ތޯރިގަށް ތާއީދު ކުރި ކްލަބެއް ނޫނެވެ. އޭރުގެ ސްޓޭންޑް ބަދަލުކޮށް ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ތޯރިގުގެ ޓީމާއެކު ކުރިއަށްދާން ނިންމާފައިވާ ކަމަށާއި، އިންތިހާބުގައިވެސް ތާއީދުކުރާނީ ތޯރިގުގެ ޓީމަށް ކަމަށެވެ.
ގްރީނުން ބުނީ އެގޮތަށް ނިންމީ ގްރީން ސްޓްރީޓްސްއިން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ. އަދި މިއީ، އެއްބައިވަންތަކަމާއެކު ހުރިހާ އެންމެން ގުޅިގެން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު މަގުން ކުރިއަށްގެންދަންވީ ވަގުތު ކަމަށް ގްރީން ސްޓްރީޓްސްއިން ބުންޏެވެ.
ގްރީންގެ ތާއީދާއެކު ތޯރިގަށް ވަނީ އިންތިހާބު ކާމިޔާބުކުރުމަށް ފުރަތު ބޮޑުވެފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް