ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އެއިން ދަތުރު ކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާ ގުޅިގެން، އެއިން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ދެންމެ "ވަން" އަށް ބުނީ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ.
އެ ހޮސްޕިޓަލުން ބުނީ ފަރުވާއަށް އިތުރު އެކަކު މިހާރު ވެސް އެ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލޭންޑިން ކްރާފްޓުން ދަތުރުކުރީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި އެއިން ގެއްލުނު އަދަދެއް ވެސް ސާފެއް ނޫނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު