ކައުންސިލަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަތީބުކަމުގެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން އެ ކޯހުގައި 50 ފުރުސަތު ހުޅުވާލީ މިއަދުގެ 13:00ގެ ނިޔަލަށެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނުގައި ބުނީ އެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 13:00ގެ ނިޔަލަށް އިތުރުކޮށްފައެވެެ. އެ ކޯހުގައި ބައިވެރިވުމަށް ގޫގުލް ފޯމް (https://forms.gle/6eoHUvc7KkexRRv37) ފުރިހަމަކުރުމަށް މިނިސްޓްރީން އެދެއެވެ.
އެ ކޯހުގައި ބައިވެރިވުމުގެ ޝަތުރުތަކުގެ ތެރޭގައި ހިމެނެނީ ކައުންސިލަރަކަށްވުމާއި ފިރިހެނަކަށްވުމެވެ. އަދި ކޯހަށް މީހުން ހޮވުމުގައި ކީރިތި ގުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި އަރަބި ބަސް ކިޔަން ފަރިތަ ފަރާތަކަށްވުން ހިމެނެއެވެ.
ކޯހުގެ ބައިވެރިންގެ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 8 އަދި 9 ގައެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ