ޗައިނާ މީހެއްގެ ބަނޑުން ދަތް އުނގުޅާ ބުރުހެއް ނަގައިފިއެވެ. އުމުރުން 64 އަހަރުގެ ޔަންގް ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ޗައިނާގެ އަންހުއި ޕްރޮވިންސަށް ނިސްބަތްވާ މީހެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ދަތް އުނގުޅާ ބުރުސް އޭނާ ދިރުވާލީ މީގެ 52 އަހަރު ކުރީން އުމުރުން 12 އަހަރުގައެވެ. ނަމަވެސް މައިންބަފައިން ގާތު ބުނަން ބިރުގަތުމުން، އެކަން ސިއްރުކުރި އެވެ. އޭނާ ހީކުރީ ބުރުސް ވިރިގެންދާނެ ކަމަށެވެ.

މި ފަހަކަށް އައިސް އޭނާގެ ބަނޑަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރެވެން ފެށުމުން ހޮސްޕިޓަލަށް ދިޔައެވެ. ސްކޭންތަކުން ފެނުނު ގޮތުގައި، 17 ސެންޓިމީޓަރުގެ ބުރުސް އޮތީ ގޮހޮރުތެރޭގަ އެވެ. އެ ބުރުސް ނެގުނީ 80 މިނެޓުގެ އެންޑޮސްކޮޕިކް އޮޕަރޭޝަނެއް ކޮށްގެން ކަމަށް ހަބަރުތައް ބުނެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ އޭނާއަށް ސިއްހީ ނުރައްކާތެރި ހާލަތެއް މެދުވެރިވެފައި ނުވަނީ ބުރުސް އޮތް ގޮތުން ކަމަށެވެ.