މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރާ އަސަރުތައް ސަރުކާރުން ފުޅާ ދާއިރާއެއްގައި ބަލަމުުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރޭ ފަތިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންދާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާއި ކާބޯތަކެތި ލިބުން ކަށަވަރު ކުރުމާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
ޒަމީރު ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ އެކު ބާޒާރުގެ އަގުތަކާއި ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ ބަދަލުތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށެވެ.
ޒަމީރު އިތުރަށް ވިދާޅުވީ ދިވެހިންގެ މަސްލަހަތު ރައްކާތެރިކުރުމަށާއި މިފަދަ ކަންކަމަށް ތައްޔާރުވެފައި ތިބުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
ޒަމީރު މިގޮތަށް ވިދާޅުވެފައި މިވަނީ، އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ، އިރާނުގެ ނިއުކުލިއާ ސައިޓްތަކަށް މިދިޔަ އާދިއްތަ ދުވަހު ހަމަލާދީފައިވާތީއެވެ. އޭގެ ބަދަލުގައި އިރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. އެ ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީ ރޭ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ. ނަމަވެސް މިއަދު ފަތިހު ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފައެވެ.
އެ ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރޭ ފަތިހު އިއުލާނުކުރައްވައިފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ