މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ހުޅުވާލެވިފައެވެ.
އުރީދޫން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ރަޖިސްޓަރީކުރެވިގެން ކުރިއަށްގެންދެވޭ ޕަބްޖީ މުބާރާތެއް ކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ އެ މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މުޅިން އޮންލައިން މުބާރާތެއް ކަމަށާއި އެ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 4 ގެ ނިޔަލަށެވެ. އެ މުބާރާތުގައި ވަނަވަނައަށް ހޮވޭ ޓީމުތަކަށް ޖުމުލަ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ޕްރައިޒް ޕޫލް
- ޗެމްޕިއަން: 25،000 ރުފިޔާ
- ދެވަނަ: 12،000 ރުފިޔާ
- ތިންވަނަ: 6،000 ރުފިޔާ
- ހަތަރުވަނަ: 3،000 ރުފިޔާ
- އެމްވީޕީ: 4،000 ރުފިޔާ
އުރީދޫން ބުނީ ކޮންމެ ޓީމަކުން މަދުވެގެން ހަ ކުޅުންތެރިން ހިމަނަންވާނެ ކަމަށާއި އެއް ރަށަކުން ގިނަ ޓީމުތަކެއް ތިބި ނަމަ، ޓީމު ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެ ކަމަށެވެ. އަދި ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެއް ކަމަށާއި އެ މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމުތައް ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް