ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭސްގެ 20 ޕަސެންޓް ދަތުރުކުރާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނުހަދާ މަޖިލީހުން ނިންމައިފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ ޕްރެސް ޓީވީން އެކަން ރިޕޯޓް ކޮށްފައިވަނީ އީރާނުގެ މަޖިލީހުގެ ސީނިއާ މަޖިލިސް މެންބަރެއް ކަމަށްވާ އިސްމާއިލް ކައުސަރީއާ ހަވާލާދީއެވެ. އޭނާއަކީ މަޖިލީހުގެ ގައުމީ ސަލާމަތާއި ފޮރިން ޕޮލިސީ ކޮމިޓީގެވެސް މެންބަރެކެވެ.
އޭނާ ވިދާޅުވީ، އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނާއި އެ ހަމަލާތަކާ ގުޅިގެން ބޭރުގެ ގައުމުތަކުން އެއްޗެކޭ ބުނެފައި ނުވާތީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމުމުގެ ބާރު އޮންނާނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ކަމަށް ވިދާޅުވިއެވެ.
ހޮރުމޫޒު ކަނޑުއޮޅި ހުރަސްކޮށް ގާތްގަނޑާކަށް ދުވާލެއްގެ މައްޗަށް 17 އާއި 18 މިލިއަން ފީފާގެ ތެޔޮ އުފުލާއިރު އެ ކަނޑުއޮޅި ބަންދުކޮށްފި ނަމަ ތެލުގެ އަގު 80 ޕަސެންޓް އުފުލިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
މުހައްމަދު ސިމާއު
އިރާން
އިރާން
އިރާން
އިރާން