އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގައި ބޮކަ ޖޫނިއާސްއިން ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި އެޓީމުގެ ދެ ކުޅުންތެރިންވެސް ހަތަރު މެޗަށް ސަސްޕެންޑް ކުރަން ފީފާއިން ނިންމައިިފިއެވެ.
އާޖެންޓީނާގެ ބޮކަ ޖޫނިއާސްއިން ކްލަބު ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗަކީ ބެންފިކާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު 2-2 އިން އެއްވަރުވި އިރު، ޖުމުލަ ތިން ރަތް ކާޑު ފެނިގެން ދިޔައެވެ. އޭގެ ތެރެއިން ދެ ރަތް ކާޑަކީ ބޮކަ ޖޫނިއާސްގެ ކުޅުންތެރިންނަށް ދެއްކި ދެ ކާޑެވެ.
އެމެޗުގައި ބޮކަ ޖޫނިއާސްގެ ބެންޗުގައި ހުރި އެންޑާ ހެރޭރާއާއި ދަނޑު މަތީގައި ހުރި ނިކޮލަސް ފިގަލްއަށް ރަތް ކާޑު ދެއްކި އިރު، އެ ދެކުޅުންތެރިންވެސް ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ.
ހެރޭރާއަށް ރަތް ކާޑު ދެއްކީ ރެފްރީއަށް ޝަކުވާ ކޮށްގެންނެވެ. އަދި ފިގަލްއަށް ރަތެއް ދެއްކީ ފްލޮރެންޓީނޯ ލުއިސްއަށް ނުރައްކާތެރި ފައުލެއް ކޮށްގެންނެވެ.
ބޮކަ ޖޫނިއާސް ކުޅުންތެރިންނަށް ބޮޑު ފިޔަވަޅެއް އެޅި ނަމަވެސް، އޭގެ ބަދަލުގައި ބެންފިކާއިން ރަތް ކާޑު ދެއްކި އަންދްރޭއާ ބެލޮޓީއަށް ފީފާއިން ދީފައި ވަނީ ދެމެޗުގެ ސަސްޕެންޝަނެކެވެ.
ސަސްޕެންޝަނުގެ މައްސަލައިގައި ބޮކަ ޖޫނިއާސްއިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އިރު، އެޓީމުން ބުނީ ފީފާއަށް އިސްތިއުނާފަށް ހުށަހަޅާފައެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް