ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓުބޯޅަ އީދު ކަމަށްވާ ވޯލްޑްކަޕްގެ މެޗެއް ވަގުތުން ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ބޮޑު ޕްރޮމޯޝަނަކާއެކު ހާއްސަ ފުޓުބޯޅަ ކެމްޕޭނެއް ކޮކާ-ކޯލާ މޯލްޑިވްސް އިން ފަށައިފިއެވެ.
ކޮކާ-ކޯލާ މޯލްޑިވްސް އިން ބުނީ އެ ކެމްޕޭން ކުރިއަށް ގެންދާނީ މާޗުމަހުން ފެށިގެން އަންނަ މެއި މަހުގެ ނިޔަލަށް ކަމަށެވެ. އެ ކެމްޕޭނުގައި ކޮންމެ ހަފުތާއަކު ދޭ އިނާމުތަކާއި ބްރޭންޑެޑް މާޗަންޑައިޒްގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތާ ގުޅިފައިވާ ގްރޭންޑް ޕްރައިޒް އެކްސްޕީރިއަންސެއް ހިމެނޭނެ ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން:
- ޔޫޓީސީ ޕްރޮމޯ މިދިޔަ މާޗު 21ގައި ވަނީ ފަށާފައި، މެއި 24 އަށް ކުރިއަށް ގެންދާނެ
- މީގެ ސަބަބުން ކަސްޓަމަރުންނަށް ފުޓްބޯޅައިގެ ފޯރީގައި ބައިވެރިވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ
- ޕްރޮމޯޝަނަލް ޕެކްތަކުގައި ހިމެނޭ ހާއްސަ ރަންކުލައިގެ މަތިގަނޑުގެ ނުފުށުގައި ނުވަތަ ދަޅުގެ މަތީގައިވާ ޓެބްގެ ނުފުށުގައި ހާއްސަ ކޯޑެއް ހުންނާނެ
- 500 މިލިލީޓަރު، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅިތަކުގެ ތެރެއިން ކޮކާ-ކޯލާ، ސްޕްރައިޓް، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީގައި އެކުލެވޭ ހާއްސަ ރަންކުލައިގެ މަތިގަނޑުގެ ނުފުށުން ކޯޑު ފެންނަން ހުންނާނެ
- 330 މިލިލީޓަރުގެ ދަޅުތަކުގައި ކޯޑު ހުންނާނީ ކޮކާ-ކޯލާ ދަޅުގެ ޓެބްގެ ދަށުގައެވެ. ކަސްޓަމަރުންނަށް މި ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން ޕްރޮމޯޝަންގެ މުއްދަތުގައި ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ
މި ޕްރޮމޯޝަންގެ ދަށުން ލިބޭނެ އަގުހުރި އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- އެންމެ މަތީ ފަންތީގެ އިނާމު: 8 ނަސީބުވެރިއަކަށް ފީފާ ވޯލްޑް ކަޕް މެޗެއް ވަގުތުން ބަލާލުމުގެ ފުރުސަތު ދެ މީހަކަށް، ހުރިހާ ހަރަދަކާއެކު
- ދެވަނަ ފަންތީގެ އިނާމު: 60 ނަސީބުވެރިއަކަށް ކޮކާ-ކޯލާ ބްރޭންޑްގެ މިނީ ކޫލަރު. 120 ނަސީބުވެރިއަކަށް ކޮކާ-ކޯލާ ބްރޭންޑްގެ ފުޓްބޯޅަ ބައްޓަމަށް ހުންނަ ޕާސަނަލް ކޫލަރު
- ތިންވަނަ ފަންތީގެ އިނާމު: 180 ނަސީބުވެރިއަކަށް ކޯކް އަދި ފީފާ ބްރޭންޑްގެ ފުޓްބޯޅަ
ކޮކާ ކޯލާ މޯލްޑިވްސް އިން ބުނީ ފުރަތަމަ ބުރުގެ ނަސީބުވެރިން އިއުލާން ކުރުން އޮންނާނީ އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ 9:00 ގައި އައިސް ޓީވީ މެދުވެރިކޮށް ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް ނަސީބުވެރިން އިއުލާން ކުރަމުންދާނެ ކަމަށެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ ހެޑް މާރިއޯ ޕެރޭރާ ވިދާޅުވީ ފުޓްބޯޅައަކީ އެހެން އެއްވެސް ކަމަކާ ހިލާފަށް އެންމެން އެއްބައިކުރުވާ ކުޅިވަރެއް ކަމަށާއި މި ކެމްޕޭނުގެ އަސްލަކީ ވެސް އެއީ ކަމަށެވެ.
"ފުޓްބޯޅައަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު އިޖުތިމާއީ ގޮތުން ބަލާ ކުޅިވަރެއް. ކޮކާ-ކޯލާ މޯލްޑިވްސްއިން ބޭނުންވަނީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ ފަދަ ފަސޭހަ، މަޖާ އަދި ގުޅުންހުރި ކެމްޕޭނެއް ކުރިއަށް ގެންދަން. މީގެ ބޭނުމަކީ ފުޓްބޯޅައިގެ ފޯރި ފާހަގަކޮށް، އެހެން މީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ސަޕޯޓަރުންނަށް އިތުރު އުފާވެރިކަމެއް ހޯދައިދިނުން." ޕެރޭރާ ވިދާޅުވިއެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ފޯރި އިތުރުކުރުމުގެ ގޮތުން، މެއި މަހުން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ކަލެކްޓިބަލް ކަންޓްރީ ޕެކްސް ތައާރަފު ކުރާނެ ކަމަށެވެ. އެ ޕެކްތަކަކީ ފުޓްބޯޅައިގެ އެންމެ މަގުބޫލު ގައުމުތަކުން އިންސްޕަޔަވެގެން ތައްޔާރުކޮށްފައިވާ މި ލިމިޓެޑް އެޑިޝަން ޕެކްތަކެއް ކަމަށެވެ.
އަދި ކޮކާ-ކޯލާ މޯލްޑިވްސް އިން ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން ފިހާރަތަކުގެ ޑިސްޕްލޭތަކާއި ޕްރޮމޯޝަނަލް ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅައިގެ ރޫހާއި އިޖުތިމާއީ ގުޅުން ރަމްޒުކޮށްދޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ތަފާތު މާކެޓެއް. ކޮކާ-ކޯލާ މޯލްޑިވްސްގެ އަމާޒަކީ މި ކެމްޕޭނަކީ ދިވެހިން ފުޓްބޯޅައިގެ ފޯރި ނަގާ ގޮތާ، އެކުގައި ހޭދަކުރާ ވަގުތުތަކާ އަދި އެކަމަށް ދޭ ހާއްސަ އަހަންމިއްޔަތާ ގުޅުވައިލެވޭ ކެމްޕޭނަކަށް ހަދަން. ކުރިއަށް އޮތް ދުވަސްތަކުގައި އެ ރޫހު ދިރުވައި އާލާކުރުމަށް ކޮކާ-ކޯލާ މޯލްޑިވްސް ތައްޔާރު،" މާރިއޯ ޕެރޭރާ އިތުރަށް ވިދާޅުވިއެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް