ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްކިއުއޭއިން ނެރުނު ނޯޓިސްއެއްގައި ބުނީ، ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް އެ އޮތޮރިޓީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި "މެޓްރޯޕޮލިޓަލް ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްފަސްތައް ހިމެނޭ ކަމަށް ބުންޏެވެ.

އެމްކިއުއޭއިން ބުނީ، އެ މަރުކަޒުތަކުގައި ތައުލީމު ހާސިލު ކުރާނަމަ ވީހާވެސް އަވަހަކަށް އެ އޮތޮރިޓީއަށް ([email protected]) އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އެ މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި މި ވަގުތު އިތުރަށް އެންރޯލް ވެގެން މަތީ ތައުލީމު ހާސިލުކުރަން ނުފެށުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފައިވެއެވެ.