ޓެކާސް ދިރާގު ރިޒޯޓް ކަޕުގެ ކ. އަތޮޅު ދެކުނުގެ މުބާރާތް، އާދީއްތަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފިއެވެ.

ޓެކާސް ދިރާގު ރިޒޯޓް ކަޕަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީން އިންތިޒާމު ކޮށްގެން ރާއްޖޭގެ ރިޒޯޓްތަކަށް ހާއްސަކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މީގެ ކުރިންވެސް ޓެކާސްއިން ކާމިޔާބު މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، މިފަހަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި އިވެންޓްގައި ޓެކާސްގެ ޑިރެކްޓަރު މުހައްމަދު ނަޝްމީ ރަޝީދު ވިދާޅުވީ، މިއީ ޓެކާސް ރިސޯޓު ކަޕް ބާއްވާ ހަަތަރުވަނަ އަހަރު ކަމަށާއި، މުބާރާތް މިއަދު އޮތް ހިސާބަށް ގެނެވުމަކީ ލިބުނު ފަހަރެއް ކަމަށެވެ. އަދި މުބާރާތަށް ދޭ ތަރުހީބަށް ޝުކުރު އަދާކުރައްވާފައިވެސް ވެއެވެ.

ރިޒޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ:

ގްރޫޕް އޭ

  • ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް
  • އެސްއޯ/ މޯލްޑިވްސް
  • ސަން ސިޔާމް އޮޅުވެލީ
  • ވެލައްސަރު މޯލްޑިވްސް
  • އެނބޫދޫ ވިލެޖް

ގްރޫޕް ބީ

  • ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓް
  • އޮޒެން ލައިފް މާދޫ
  • ސައި ލެގޫން މޯލްޑިވްސް
  • ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން
  • ހާޑް ރޮކް ހޮޓެލް މޯލްޑިވްސް