އާރުޓީއެލްގެ ނަމުގައި ސްކޭމްތަކެއް ކުރިޔަށްގެންދާތީ ސަމާލުވުމަށަ އެމްޓީސީސީން އިލްތިމާސްކޮށްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކެއް އިތުރުވަމުންދާއިރު، އެ ކުންފުނިގެ ދަށުން ހިންގަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ވެސް ސްކޭމެއް ހިންގަމުންގެންދާކަން އެ ކުންފުންޏަށް ފާހަގަވެފައިވާ ކަމަށެވެ.
"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓު"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދިވެރިކޮށް ތިންމަސް ވާންދެން ހިލޭ ދަރުތުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޕޭޖުގައި ހިންގަމުންގެންދާ ހަރަކާތަކީ އެމްޓީސީސީއާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާ އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޖެކްޓެއް ތައާރަފު ކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރީން އެ ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިޔާ އަދި އެހެނިހެން މީޑިޔާ ޗެނަލްތަކުގައި އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި ފޭކް ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށާއި އެކަމަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ. އަދި އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެފަދަ ނާތަހުޒީބީ އަމަލުތައް އެމްޓީސީސީން ކުށްވެރި ކުރާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ