މ. ދިއްގަރުގެ އަލަށް ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ސްޓްރަކްޗާ ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ 72 ޕަސެންޓު ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ ދިއްގަރުގައި އަލަށް ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ޖިއޯ ބޭގް ރިވެޓްމަންޓްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އުދަ އެރުމާއި ފެންބޮޑުވުމުން ރައްކާތެރިކުރުން ހިމެނޭ ކަމަށާއި ބްރޭކްވޯޓާ އާއި ގްރޮއިންސް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދިއްގަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، އެމްޓީސީސީއާ ހަވާލުކުރީ 6 ސެޕްޓެމްބަރު 2022 ގައި 17.29 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 1470 މީޓަރު ޖިއޯ ޓިއުބް ރިވެޓްމަންޓްގެ މަސައްކަތް.
- 332 މީޓަރު ޖިއޯބޭގް ރިވެޓްމަންޓްގެ މަސައްކަތް.
- 138 މީޓަރު ރޮކް ބޯލްޑާ ބްރޭކްވޯޓާގެ މަސައްކަތް.
- 700 މީޓަރު ރޮކް ބޯލްޑާ ގްރޮއިންގެ މަސައްކަތް.
ފާތިމަތު ލިއުޝާ
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު
މ. ދިއްގަރު