ނިއުޔޯކުގެ ކުއީންސްގައި ދިރިއުޅޭ ދެމަފިރިޔަކު ސްކެންޑިނޭވިއަން އެއަރލައިންސްއާ ދެކޮޅަށް 10 މިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފިއެވެ. މިއީ ފްލައިޓް އެޓެންޑެންޓެއްގެ އަތުން 78 އަހަރުގެ އަންހެނެއްގެ ގަޔަށް ހޫނު ކޮފީ އެޅުމާ ގުޅިގެން ކުރި ދައުވާއެކެވެ. މި ހާދިސާ ހިނގާފައިވަނީ 2024 ގެ އޭޕްރިލް 3 ގައި ކޯޕަންހޭގަން އިން އޮސްލޯއަށް ދަތުރުކުރި ފްލައިޓެއްގައެވެ.
އައިމާރާ ކޯބޯ އަދި އޭނާގެ ފިރިމީހާ ޖުސެޕޭ ދިޔައީ ބްރިޓިޝް އައިލްސްގެ ކްރޫޒް ދަތުރަކަށެވެ. ހޫނު ކޮފީ އެޅުމުގެ ސަބަބުން އައިމާރާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މި ހާދިސާގެ ސަބަބުން އައިމާރާ ވަނީ ބޮޑު ވޭނެއްގައި ދަތުރުގެ ބާކީ ދުވަސްތައް ހޭދަކުރާން ޖެހިފައެވެ.
އައިމާރާއަށް ލިބުނު ގެއްލުމަށް 10 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ އިތުރުން ޖުސެޕޭ އަށް ލިބުނު ގެއްލުމަށް 1 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ވެސް ދައުވާކޮށްފައިވެއެވެ.
މިދެމަފިރިންގެ ވަކީލު ޖޮނަތަން ރެއިޓަރ ބުނެފައިވަނީ މި ހާދިސާގެ ސަބަބުން އެމީހުންގެ ދެ ހަފުތާގެ ދަތުރު ބޭކާރުވެގެން ދިޔަ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި ހާދިސާގެ ސަބަބުން މިދެމަފިރިން ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ކޮޓަރީގައި ކަމަށެވެ.
ސްކެންޑިނޭވިއަން އެއަރލައިންސުން މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ
އެއާލައިން އިންޑަސްޓްރީ