ހުޅުމާލެއަށް 54 މޭލަށް ވައިގަދަވެ، ގެއްލުންތަކެއް ވެއްޖެއެވެ.
ހުޅުމާލެއަށް، ހާއްސަކޮށް ހުޅުމާލެ ދެވަނަ ފޭސްގައި ދުއްވާ އެއްޗެހި ދުއްވުމަށް ވެސް މިރޭ ދަތިތަކާ ވަނީ ކުރިމަތިވިއެވެ. އަދި ބައެއް ގަސްތައް ވެސް ވަނީ ވެއްޓިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ މިރޭ 6:26 ހާއިރު ހުޅުމާލެއަށް 54 މޭލަށް ވައިގަދަވި ކަމަށާއި އެއީ އެ ވަގުތު ވިލާގަނޑުގައި ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް މާލެ ސަރަހައްދަށް މޫސުން އެހާ ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި ކެރީގެ އަސަރުކޮށް، ވިލާގަނޑުގައި 40-45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އާންމުކޮށް ވައިގަދަވާނެ ކަމަށް ލަފާކުރެވެނީ 10-20 މޭލަށް ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.
މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން މިރޭ 9:00 އާ ހަމައަށް ނެރެފައިވާ އެލާޓުގައިވާ ގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވަހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް