ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ހިލަތައް ޕްރޮފައިލް (ތަރުތީބު) ކުރުމުގެ މަސައްކަތް ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފިއެވެ.

ހިލަ ރިވެޓްމެންޓަކީ ގުދުރަތީ ހާދިސާތަކުން ތަނެއް ނުވަތަ ރަށެއް ރައްކާތެރިކޮށްދިނުމަށް ވެއްޔާއި ސެޑިމެންޓުން ހަދާފައިވާ ބޮޑެތި ހިލަތަކެކެވެ.

މާޅޮހުގައި 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރު މަރާމާތުކޮށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ 23 ގައެވެ. މިއީ 69 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
  • 36,527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން.
  • 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
  • 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
  • 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
  • 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
  • 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހެދުން.
  • 100 މީޓަރު ދިގު، 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން.
  • 1475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން.