ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ބޮކަ ޖޫނިއާސްގެ ޑިފެންޑަރު އައިޓޯން ކޮސްޓާގެ ވިސާ މައްސަލަ ހައްލުވެއްޖެއެވެ.
އާޖެންޓީނާގެ ބޮކަ ޖޫނިއާސް އިން ކްލަބް ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވާން ކުޅުންތެރިންގެ ވިސާއަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރެއިން ކޮސްޓާގެ ލިޔެކިޔުންތައް އެމެރިކާ އިމިގްރޭޝަންސް އިން ވަނީ އަނބުރާ ފޮނުވާލާފައެވެ.
ކޮސްޓާއަށް ވިސާ ނުލިބޭނެ ކަމަށް އެމެރިކާގެ އިމިގްރޭޝަނުން ފުރަތަމަ ނިންމީ ކޮސްޓާގެ ކުށުގެ ރެކޯޑެއް އޮތުމުންނެވެ. އާޖެންޓީނާގައި 2018 ވަނަ އަހަރު ހިނގި ވައްކަމެއްގައި ކޮސްޓާ ބައިވެރިވެފައިވާތީ އޭނާގެ މައްޗަށް ވަނީ ހުކުމެއް ކޮށްފައެވެ. 2023 ވަނަ އަހަރު ކުރި ހުކުމާއެކު ކޮސްޓާ ވަނީ ޕްރޮބޭޝަންގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.
އެ މައްސަލަ މިހާރު ނިމިފައިވާތީ އެކަމުގައި އިތުރު ގޮތެއް ހޯދައިދޭން އެމެރިކާގައި ހުންނަ އާޖެންޓީނާ އެމްބަސީންވެސް ވަނީ އިމިގްރޭޝަނުގައި އެދިފައެވެ.
އެ އެދުމާއެކު ކޮސްޓާއަށް ވަނީ މުބާރާތަށް އެކަނި، ހާއްސަ ވިސާއެއްގެ ގޮތުގައި 26 ދުވަހުގެ ވިސާއެއް ހަމަޖައްސައިފައެވެ.
ބޮކަ ޖޫނިއާސް އިން ކްލަބު ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޕޯޗުގަލްގެ ބެންފިކާއާ ދެކޮޅަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް