ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން މިއަހަރުގެ ރޯދަ މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަލާން ބާޒާރު ޕްރޮމޯޝަންގެ 100،000 ރުފިޔާގެ އިނާމުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެސްޓީއޯއިން ރޭ ބުނީ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާޓުގައި ބޭއްވި ހަފުލާއެއްގައި ކަމަށެވެ.

މިއަހަރުގެ ޖެނުއަރީ ނުވަވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި 100،000 ރުފިޔާގެ އިނާމުގެ އިތުރުން ތަފާތު ގިނަ އިނާމުތަކާއި ޑިސްކައުންޓް އަގުތަކުގައި ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެގޮތުން ކޮންމެ ހަފުތާއަކު ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރި ފަރާތްތަކަށް ހަދިޔާއެއްގެ ގޮތުން ގިޕްޓް ހެމްޕާސްތައްވެސް ދީފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.