މާފުށި ކައިރިއަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގައި ގެއްލިފައިވަނީ 26 އަހަރުގެ ޖަޕާނު ފަތުރުވެރިއެއް ކަމަށެވެ. އޭނާ ގެއްލުނީ މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބުމަށްފަހުގައި ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގެ މައުލޫމާތު ހެނދުނު 10:02 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިން ގިއަރަކާއި ހުދު ކުލައިގެ މާސްކެއް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
މުހައްމަދު ސިމާއު
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް