ވިނަރެސްގެ ހަތަރު ކޮމާޝަލް ޔުނިޓެއް ކުއްޔަށް ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެޗްޑީސީން ދޫކުރަނީ، 755.95 ފޫޓުގެ ޔުނިޓަކާއި 652.21 ފޫޓުގެ ޔުނިޓަކާއި 1030.64 ފޫޓުގެ ޔުނިޓެއްގެ އިތުރުން 2442.33 ފޫޓުގެ ޔުނިޓެކެވެ.
ކުއްޔަށް ދޫކުރާ ޔުނިޓުތައް:
- Vinares01-1-05
- Vinares04-1-06
- Vinares06-G-01
- Vinares08-1-08
އެޗްޑީސީން ބުނި ގޮތުގައި ކުއްޔަށް ދޫކުރާ ތަންތަނުގައި ޖިމާއި، ކާބޯތަކެތި ވިއްކުމާއި ސްޕާ ހިންގުމަށް ދޫނުކުރާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ޔުނިޓުތައް ކުއްޔަށް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުން ސެކިއުރިޓީގެ ގޮތުގައި ވަކި އަދަދެއް ބަހައްޓަން ޖެހޭ އިރު، އެ ތަންތަން ކުއްޔަށް ހޯދުމަށް އެދި އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެއެވެ.
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު
ވިނަރެސް ފުލެޓު