ސްޕޯޓިން ލިސްބަންއަށް ކުޅެމުންދާ ސްވިޑެންގެ ޒުވާން ތަރި، ވިކްޓޯ ޔޯކެރޭޝްގެ ރިލީސް ފީ ކުޑަކުރުމަށް ކްލަބުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ފެޑެރީކޯ ވަރަންޑާސް ބުނެފިއެވެ.
ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. އޭނާއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ފޯވަޑެވެ. އެހެންކަމުން ބޮޑެތި ބައެއް ކްލަބުތައް ކަަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގެ އިތުރުން ޗެލްސީންވެސް ދަނީ އޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ.
ޔޯކެރޭޝްއާއެކު ސްޕޯޓިންއިން ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވަނީ 85 މިލިއަން ޕައުންޑްގެ ރިލީސް ފީއެކެވެ. ސްޕޯޓިންއާއެކު ޔޯކެރޭޝް ހަދާފައިވާ އެއްބަސްވުން މިދިޔަ ސީޒަނުގައި އާކޮށްފައިވާ އިރު، ބައެއް ނޫސްތައް ބުނީ އެ ކްލަބާއެކު އާ ރިލީސް ފީއަކަށް އަނގަބަހުން އެއްބަސްވި ކަމަށެވެ. އެއީ 59 މިލިއަން ޕައުންޑްގެ އަގެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.
އެހެންނަމަވެސް އެފަދަ ގޮތަކަށް އަނގަބަހުން އެއްބަސްވެފައި ނޯންނާނެ ކަމަށް ސްޕޯޓިންގެ ރައީސް ފްރެޑެރިކޯ ވަރަންޑާސް ވަނީ ވިދާޅުވެފައެވެ. ކްލަބުގެ ރައީސް ވަރަންޑާސް ވިދާޅުވީ ކްލަބުން ޔޯކެރޭޝްއަށް ދިން ޔަގީންކަމަކީ ޓްރާންސްފާ ފީއެއްގެ ގޮތުގައި ރިލީސް ފީ އެއްކޮށް ޑިމާންޑް ނުކުރާނެ ކަމަށެވެ.
އެގޮތުން ރިލީސް ފީއަށްވުރެ ދަށް އަގެއްގެ ބިޑެއް ހުށަހެޅި ނަމަވެސް، ބިޑުގެ ތަފްސީލުތަކަށް ބަލައި، ދޫކޮށްލަން ކްލަބު ތައްޔާރުވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޔޯކެރޭޝް ސްޕޯޓިންނަށް ބަދަލުވީ އޭގެ ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކޮވެންޓްރީ ސިޓީގައި ތިން ސީޒަނެއް ހޭދަކުރުމަށްފަހުއެވެ. އޭނާ ފަހަކަށް އައިސް ވިދާލީ ސްޕޯޓިންގައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް