ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށި (ކުއޭ ވޯލް) ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުއޭ ވޯލަކީ ކޮންކްރީޓް ނުވަތަ ސްޓީލް އިން ހަދާފައިވާ ރިޓެއިނިން ވޯލްގެ ބާވަތެކެވެ. އެއީ ބަނދަރަކާއި ކޯރެއް ނުވަތަ ކެނަލްއެއްގެ ކައިރީގައި އޮންނަ ބިން ހިފަހައްޓައިދޭ ވަސީލަތެެވެ. ކުއޭ ވޯލް ނުވަތަ އެެއްގަމު ތޮށި ފާރުތައް ހަދަނީ ބިން ހަމައަކަށް އެޅުވުމަށާއި، އުޅަނދުފަހަރަށް ބަލްކުކޮށް މުދާ ބަރުކުރުމަށް ނުވަތަ އަންލޯޑް ކުރުމަށާއި، ބަނދަރުތަކާއި އާބަން އޭރިއާތަކާއި އިންލޭންޑް ވޯޓާވޭތައް ހިންގުމަށް ވަރަށް މުހިންމު އެއްޗެކެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ކުއޭ ވޯލް ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ސަރުކާރުން 2020 ވަނަ އަހަރު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައެވެ. އަދި ކުރިނބި ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2023 ޖޫން 4 ގައެވެެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަަސައްކަތްތައް:

  • 36،360 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން.
  • 365.00 މީޓަރުގެ ބްރޭކްވޯޓާ އެޅުމާއި ރިވެޓްމަންޓް ޖެހުން.
  • 393.00 މީޓަރުގެ ދިގު މިނުގައި ކުއޭ ވޯލް ސްޓްރަކްޗާއެއް އެޅުން.
  • ބަނދަރު ބައްތި ހަރުކުރުމާއި، ޕޭވް ކުރުން.