މި އަހަރު ރާއްޖެ އިން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާއަށް ދަތުރުކުރި ހައްޖުވެރިން މި މަހުގެ 13 ވަނަ ދުވަހު އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މި މަހުގެ 13 ވަނަ ދުވަހު އައުމަށްފަހު ދެވަނަ ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ތިން ވަނަ ފްލައިޓުގެ ހައްޖުވެރިން މި މަހުގެ 16 ވަނަ ދުވަހު އަދި ފަހު ފްލައިޓުގެ ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭ އިން ވަނީ ހައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔަން ވީހާވެސް މަދު މީހުން އެއާޕޯޓަށް މީހުން ދިއުމަށާއި ހައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.
މުހައްމަދު ސިމާއު
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ