ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާއެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމަށް އާ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުސް ކޮމިޝަނަރަކަށް ނަވީން މިއަދު އައްޔަނުކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ މެސެޖުތަކަށް ޝުކުރު އަދާކުރައްވަމުން ފޭސްބުކްގައި ނަވީން ވިދާޅުވީ، އިތުރު މަސްއޫލިއްޔަތުތަކަކާ އޭނާ ހަވާލުވެވަޑައިގަންނަވާ މި ދަނޑިވަޅުގައި އެ މެސެޖުތަކަކީ ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
ފުލުހުންގެ ހިދުމަތުގައި 31 އަހަރު ހިދުމަތްކުރައްވާފައިވާ ނަވީން ވިދާޅުވީ ފުލުހުންގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާއި ހިދުމަތްތެރިކަމާ އެކު، އެ އިދާރާ ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެެވެ.
ނަވީން ވަނީ ލީޑާޝިޕް، ސްޓްރެޓެޖީ، ފައިނޭންސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކްއީންސްލޭންޑް އިން ކިޔަވައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން މެލޭޝިއާ އާއި އިނގިރޭސިވިލާތުން ކްރިމިނަލް ލޯގެ ދާއިރާ އިން ވެސް ކިޔަވައި ވިދާޅުވި އެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު