ގދ. ގައްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމުން އެބޭފުޅާގެ އާއިލާއަށް ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރަޝީދު އަވަހާރަވެފައިވަނީ ކެންސަރަށް ފަރުވަ ހޯއްދަވަމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
ތައުޒިޔާ ވިދާޅުވެ ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝީދާ އެކުގައި ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ.
ރަޝީދަކީ ގިނަ ދުވަސްތަކެއް ވާންދެން ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވި ބޭފުޅެކެވެ.
ރަޝީދު އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝީދަކީ އެކުގައި މަސައްކަތްކުރަން ފަސޭހަ މީހުނާ ގުޅިގެން މަސައްކަތް ކުރެއްވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެއް ކަމަށެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު