ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިބްރާހިމް ފަރީދު އަހުމަދު އަވަހާރަވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝައިހް ފަރީދު އަވަހާރަވީ "ހިދުމަތް ޖަމިއްޔާ" ގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން މެލޭޝިއާގެ ކުލަ ލަމްޕޫރު އެއާޕޯޓަށް ފޭބިތާ އިރުކޮޅެއްގެ ތެރޭގައެވެ.

"އެއާޕޯޓުން ފޭބިތަނާ ދާދި ދެންމެއަކު ކުއްލި ގޮތަކަށް ވެއްޓުނީ" "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

ޝައިހް ފަރީދަކީ، ރާއްޖޭގައި ދީނީ އިލްމު އުނގަންނައިދިނުމުގައްޔާއި ދައުވަތު ފެތުރުމުގައި މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝައިހެކެވެެ.