އަރްމީނިއާގައި ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން 2025 މުބާރާތުގައި ވާދަކުރި ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް، މުބާރާތުން ތިން ރަން މެޑަލް ހޯދައިފިއެވެ.
ލައިބާއަށް ލިބުނު ކާމިޔާބީއަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައިވެސް ވަރުގަދަ ކާމިޔާބީއެކެވެ. ލައިބާ ވާދަކޮށްފައި ވާ އާރްމީނިއާ ޔޫތު އޯޕަން މުބާރާތަކީ، ބެޑްމިންޓަން ޔޫރަޕްގެ ފެޑެރޭޝަނުން ރުހުން ދީފައިވާ، އެ ފެޑެރޭޝަންގެ ކަލަންޑަރު މުބާރާތެކެެވެ. އާރްމީނިއާގެ ބެޑްމިންޓަން ފެޑެރޭޝަނުން ކުރިއަށްގެންދިޔަ މި މުބާރާތުގައި، 92 ކުޅުންތެރިން ވާދަކޮށްފައިވާ އިރު، ރާއްޖޭން ވާދަކުރީ ލައިބާ އެކަންޏެެވެ. ދެން، ވާދަކުރި ކުޅުންތެރިން ނިސްބަތްވަނީ، އާރްމީނިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިން އަށެވެ.
މުބާރާތުގައި ލައިބާ ރަން މެޑަލް ހޯދީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓްތަކުންނެވެ.
އުމުރުން 12 އަހަރުގެ ލައިބާ ސިންގަލްސް ފައިނަލުގައި ވާދަކުރީ އަރްމީނިއާގެ އެރިކް އެލޮޔާންއާ ދެކޮޅަށެވެ. މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ 21-15، 21-11 އިންނެވެ. ޑަބަލްސްގައި ލައިބާގެ ޕާޓްނަރު، އެލޮޔާންއާއާއެކު އޭނާ ވާދަކުރީ ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާއާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ދެކޮޅަށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-11 އިންނެވެ.
މިކްސް ޑަބަލްސްގައި ލައިބާ ގެ ޕެއާއަކީ އެރިކް އެލޮޔާންއާއެވެ. ފައިނަލުގައި ލައިބާގެ ޕެއާއިން ނުކުތީ އަންޑްރޭސް ސްޓްރޮވޮލިޑިސް އާއި އެމެލިއާ ސޮފޮކްލެއޮސްއާއެވެ. މެޗު ލައިބާގެ ޕެއާއިން ކާމިޔާބުކުރީ 21-15 އަދި 21-11 އިންނެވެ.
ލައިބާ މީގެ ކުރިންވެސް ބައިނަލްއަގުވާމީ އުމުރުފުރާތަކުގެ މުބާރާތްތަކުން މެޑަލްތައް ހޯދާފައިވީ ނަމަވެސް، މިއީ ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މިފަހަރު ލައިބާގެ ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މަރުހަބާ ދަންނަވާފައިވެއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މިހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި، އެއީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ. އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިލައްވާ ކަމަށެވެ.
މިވަގުތު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮތީ ސަސްޕެންޝަނުގައެވެ. ދުނިޔޭ ފެޑަރޭޝަނުގެ ރަސްމީ މުބާރާއްތަކުގައި މިހާރު ރާއްޖޭގެ ކުޅުންތެރިންނަށް ބައިވެރިވެސް ނުވެވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
މަރުހަބާ ލައިބާ ތިޔަހޯއްދަވާ ކާމިޔާބަށް ޝުކުރުވެރި ވެފައި މިހުރީ ތިޔަ ގޮތުގައި ބާރަށް ކުރިއަށް
ކޮރަކަލި - 1 އަހަރު ކުރިން