މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ ފަސްވަނަ ފުލައިޓު މިއަދު ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަންއިން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނީ އެ ފުލައިޓު ރާއްޖެ ގެނެސްފައިވަނީ މިއަދު ކަމަށެވެ.
ފުލައިޓު ރާއްޖެ ގެނައުމާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ ފަސްވަނަ ފުލައިޓު ވީއައިއޭއަށް ލޭންޑު ކުރުމުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.
އޭޓީއާރް މަރުކާގެ ބޯޓެއް އެންމެ ފުރަތަމަ މޯލްޑިވިއަނުން ގެނައީ 2023 ވަނަ އަހަރުއެވެ. އެ އަހަރު އޭޓީއާރް ތިން ބޯޓު ގެނައެވެ.
އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ މަތިންދާ ބޯޓެކެވެ. އަދި އޭޓީއާރް މަތިންދާބޯޓުތަކުގެ ތެލުގެ ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަންޖެހޭހޭ ހަރަދުވެސް ކުޑައެވެ.
މުހައްމަދު އިޝާން
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ