އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 6:00 ހާއިރު އޭއީއެޗްއަށް ގެންދިޔަ މީހަކު މަރެވެފައިވާ މައްސަލައެއް ހެނދުނު 8:28 ހާއިރު ފުލުހުންނަށް އެ ހޮސްޕިޓަލުގެ ފަރާތުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން ހޮސްޕިޓަލުގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވެފައެއް ނުވެއެވެ.
އައްޑޫން އެ މައުލޫމާތު އެނގޭ މީހަކު "ވަން" އަށް މައުލޫމާތުދިން ގޮތުގައި އޭނާ މަރުވީ ޑްރަގު އޯވަޑޯޒް ވެގެންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ މީހުން ވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް