ދިރާގު އީދު ބޮނޑިބަތަށް މި އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އީދު ނަމާދަށްފަހު 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދިޔައިރު ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީއާ ގުޅިގެންނެވެ. މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ.

ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ ދިރާގު އީދު ބޮނޑިބަތަށް މި އަހަރުވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޟްހާ އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ނާޔާ ވިދާޅުވި އެވެ.

އީދު ބޮނޑިބަތް ހަރަކާތުގެ ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތް ގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.