އީ-ސްޕޯޓްސް މުބާރާތް، "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026" އަންނަ މަހުގެ 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބާއްވަން ނިންމައި، އެކަން އިއުލާނުކޮށްފިއެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އިވެންޓަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން، މުޅިން ހިލޭ ވަދެވޭ ގޮތަށް ބާއްވާ އިވެންޓެކެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކެއް މި އިވެންޓުގައި ކުރިއަށްދާނެއެވެ. އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް، އަދި ރޮކެޓް ލީގްގެ ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އީއޭ ސްޕޯޓްސް އެފްސީ 27 އަދި ޓެކެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މުބާރާތްތަކުގެ އިތުރުން، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ވެސް މި އިވެންޓުގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ވާޗުއަލް ރިއަލިޓީ (ވީއާރު)، ރޭސިން ސިމިއުލޭޓާ އަދި މަގުބޫލު ޓޭބަލްޓޮޕް ގޭމެއް ކަމަށްވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ)" ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމުލަ 150،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކުގައެވެ.
މިދިޔަ އަހަރު ބޭއްވި ޑީއެމްޖީސީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީން އަންނަނީ އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ޕްލެޓްފޯމްގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް