އަލްހާ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމުގައި ވަނީ ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދު އަދި އަލްހާ އީދު ދުވަހުގެ 16:00 އިން 18:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކޮށްފައެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ކުރިން ނިންމާފައިވާ ގޮތަށް މިއަހަރުގެ ބޮޑު އީދު ދުވަހުސް 16:00 އިން 18:00 އަށް މާލޭ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް މަނާ ވާނެ ކަމަށެވެ.
އެ ގަޑީގައި އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އަންނަ ހުކުރު ދުވަހު ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 2:00 އިން 3:45 އަށް ދޫކުރާނެ ކަމަށެވެ.
އެ ވަގުތުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުން މަނާވާނެއެވެެ. އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މާލެ
މާލެ
މާލެ
މާލެ