މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހިލަވެލި ބަސްތާއެއް މަގުމައްޗަށް ވެއްޓުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ ކަމަށް އެޓެންޑުވެފައިވާ ކަމަށެވެ.
"ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތަކާ އަންގަން ޖެހޭ އެންގުންތައް އެންގުމުގެ މަސައްކަތް ކުރިއަށް އެބަދޭ" ޝިޔާމް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ހިލަވެލި ބަސްތާ ވެއްޓިފައިވަނީ ޗާންދަނީމަގު ދަނބުގޯލި ކަންމަތީގައި ހުންނަ ކުރީގެ ހަބީބް ބޭންކް ހިންގި ބިމުގައި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ހަދާ އިމާރާތެއްގެ މަތިންނެވެ.
އެ ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެއިން ފެންނަ ގޮތުގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކު އެ ހާދިސާއިން ސަލާމަތްވީ، ހަމަ ކިރިޔާއެވެ. ސިކުންތު ކޮޅެއް އަވަސްވި ނަމަވެސް މީހަކަށް ބޮޑު އަނިޔާއެއް ވުމުގެ ފުރުސަތު އޮތެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންތައްތައް ދޯދިޔާކޮށް ހުރުމުގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.
އެގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާމަންޒިލް ގައި އިމާރާތްކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ބަންގްލަދޭޝްގެ ރައުޝާން ޖިއާން ކިޔާ ކުޑަކުއްޖަކު ވަނީ މަރުވެފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް