އެކްސް (ކުރީގެ ޓުވިޓަރ) ގެ ވެރިޔާ އެލޮން މަސްކް އެކްސްޗެޓް ނަމަކަށް ކިޔާ އާ މެސެޖިން ފީޗާއެއް ތައާރަފުކޮށްފިއެވެ. މިއީ އެޕް އެތެރޭގައި ބޭނުންކުރެވޭ ޑައިރެކްޓް މެސެޖިން ސިސްޓަމެކެވެ.
މަސްކު ބުނެފައިވާ ގޮތުގައި އެކްސްޗެޓްގައި ހިމެނެނީ:
- ބިޓްކޮއިން ސްޓައިލް އެންކްރިޕްޝަން
- ގެއްލޭ މެސެޖްތައް
- ޕްލެޓްފޯމް ދެމެދު އޯޑިއޯ/ވީޑިއޯ ކޯލްތައް
- ފައިލް ހިއްސާކުރުން
މީގެ ސަބަބުން ވަޓްސްއެޕް، ޓެލެގްރާމް އަދި އިންސްޓަގްރާމް ފަދަ އެޕްތަކެކޭ އެއްގޮތަށް ރައްޓެހީންނާއި ފޮލޯވަރުންނާ ފަސޭހައިން މުއާމަލާތް ކުރެވޭނެ ކަމަށް މަސްކު ބުނެފައިވެއެވެ. މި ފީޗާ މިހާރު ވަނީ ބީޓާ ޓެސްޓިންގައެވެ. މި ހަފުތާގެ ތެރޭގައި އެކްސްގެ ޕެއިޑް ސަބްސްކްރައިބަރުންނަށް މި ފީޗާ ލިބޭނެ ކަމަށް ބެލެވޭކަމަށް ޓެކް ހަަބަރުތައް ބުނެއެވެ.
އެކްސްގެ ސީއީއޯ ލިންޑާ ޔަކަރީނޯ ބުނީ މި އާ ބަދަލުތަކަކީ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މި އާ ބަދަލުތަކާއެކު އެޕްގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުންނެވެ.
ޓުވިޓާ
ޓުވިޓާ
ޓުވިޓާ
ޓުވިޓާ