އޮސްޓްރޭލިއާ އިން 386،000 ޑޮަލަރަށް އެކްސް ޖޫރިމަނާކޮށްފިއެވެ.

ކުރިން ޓްވިޓާގެ ނަމުގައި ހިންގި އެ ޕްލެޓްފޯމް ޖޫރިމަނާ ކުރީ އެ އެޕުން ކުޑަކުދިންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ ކޮންޓެންޓްތަކާމެދު އަމަލުކުރާ ގޮތް ދެނެގަތުމަށް މައުލޫމާތު ހިއްސާ ނުކުރުމުންނެވެ. އަދި ޖޫރިމަނާ ފައިސާ 28 ދުވަހުގެ ތެރޭގައި ދައްކަންވެސް ވަނީ އަންގައިފައެވެ.

އެ މައްސަލާގައި އޮސްޓްރޭލިއާގެ އޮންލައިން ސޭފްޓީ ރެގިއުލޭޓަރު އީ-ސޭފްޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެކްސް އިން ހޯދަށް ބޭނުންވި މައުލޫމާތު އެ ފަރާތުން ހިއްސާ ކޮށްފައި ނުވާ ކަމަށާއި ހާމަކުރި މައުލޫމާތުވެސް ސައްހަ ނޫން ކަމަށެވެ.

އެކްސް މެދުވެރިކޮށް ފަލަސްތީނާއި އިސްރާއީލު ކުރަމުންގެންދާ ހަނގުރާމައިގެ މައުލޫމާތު އޮޅުވާލައި ދޮގު މައުލޫމާތު ފެތުރެން ފެށުމާއެކު އީޔޫއިންވެސް ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.