މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް ލިބުނު އަނިޔާގެ ސަބަބުން، ކްލަބު ވޯލްޑް ކަޕްގައި އޭނާ ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ސިޓީން ބުނެފައި ވަނީ ކޮވަސިޗްގެ ކުޑަ ހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ސާޖަރީ ހެދީ އަނިޔާގައި ދުވަސްކޮޅެއް ވާންދެން ކުޅުމަށްފަހުގައި ކަމަށްވެސް ސިޓީން ބުންޏެވެ.
ސިޓީން ބުނީ ކްލަބު ވޯލްޑް ކަޕްގައި ކޮވަސިޗް ނުކުޅޭނެ ކަމަށާއި، އޭނާ ޕްރީ ސީޒަން ހޭދަކުރާނީ އަނިޔާއިން ރަނގަޅުވުމަށް ކަމަށެވެ.
އުމުރުން 31 އަހަރުގެ ކޮވަސިޗަކީ މިދިޔަ ލީގު ސީޒަނުގައި ސިޓީއަށް މުހިއްމު ރޯލެއް އަދާކޮށްދިން މިޑްފީލްޑަރެކެވެ. ކްރޮއޭޝިއާގެ މި މިޑްފީލްޑަރު ކޮވަސިޗް ޖުމުލަ 42 މެޗު ސީޒަނުގައި މިހާތަނަށް ކުޅެފައިވާ އިރު، އޭނާއަށް ގިނަ މެޗުތަކަކުން ފުރުސަތު ލިބިފައި ވަނީ ސިޓީގެ މުހިއްމު މިޑްފީލްޑަރު ރޮޑްރީ އަނިޔާގައި ހުރުމުންނެވެ.
ބެލެވިފައިވާ ގޮތުގައި، ރޮޑްރީ ފިޓްވުމާއެކު، ސިޓީން ކްލަބު ވޯލްޑް ކަޕަށް ނުކުންނާނީ އޭނާއާ އެކުގައެވެ.
ސިޓީން ކްލަބު ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ވައިދާދު އޭސީއާ ދެކޮޅަށް ނުކުންނާނީ ޖޫން 18 ވަނަ ދުވަހުއެވެ.
މުޙައްމަދު ޝަމްޢޫން
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ