ފުލުހުން ކުރިއަށް ގެންދާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިންގެ ޕާޓްނަރުންގެ ގޮތުގައި ތިން ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއެކު ސޮއިކުރީ އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް އަދި އެމްޓީސީސީ އެވެ.
އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރު އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ފުލުހުން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން މި އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިންގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މުހައްމަދު ސިމާއު
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް