އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި އީދުގައި އޮފާތައް ފަރުމާކޮށްފައިވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.

އީދު އޮފާތައް:

  • ހިލޭ ޓިކްޓޮކް
    • އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާއި މަޖާ ޓިކްޓޮކް ހިއްސާކުރާށެވެ.
  • ސުޕާނެޓް ގޭމާ 100 އެޑް-އޮން
    • ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ ސްޕީޑް ބޫސްޓާއެއް. 100 އެމްބީޕީއެސް ސްޕީޑް، ތިން ގަޑިއިރަށް އެންމެ 50 ރުފިޔާއަށް.
    • މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ
  • ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ
    • ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާނެއެވެ. އެއް ދުވަހަށް 125 ޖީބީ ލިބޭ މި ޕެކްގެ އަގަކީ 75 ރުފިޔާއެވެ.
  • ވެލިއު ޝެއާ ޕެކް - 100 ޖީބީ
    • މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކް
    • މިއީ ޖުމުލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ ދެ ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ
  • މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ
    • މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.
    • ބޯނަސް ޑޭޓާ ލިބޭ ޕްލޭންތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750
  • އާޗާ ޕްލޭންއަށް އީދު ހަދިޔާ
    • އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީ ބޯނަސް ލިބިގެންދާނެއެވެ.

އުރީދޫން ބުނީ އަޟްހާ އީދު ފާހަގަކުރާ އިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑުގެ ޑިޖިޓަލް ހިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި އެފަދަ ހާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް އެ އޮފާތައް އެކްޓިވޭޓްކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.