ވައިބަރ އެޕްލިކޭޝަނުން އޭގެ ސްޓޭޓަސް އަޕްޑޭޓްތަކަށް އާ ފީޗާތަކެއް ތައާރަފުކޮށްފިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ ސްޓޭޓަސްއަށް މިޔުޒިކް އިތުރުކުރުމުގެ ފީޗާ އެވެ. މި ފީޗާއާއެކު، ބޭނުންކުރާ ފަރާތްތަކަށް އިންސްޓަގްރާމް ފަދައިން ފޮޓޯ އަދި ވީޑިއޯތަކަށް މިޔުޒިކް އިތުރުކުރެވޭނެ އެވެ.

އެގޮތުން ފޮޓޯތަކަށް 15 ސިކުންތުގެ މިޔުޒިކް އިތުރުކުރެވޭނެއެވެ. ވީޑިއޯތަކަށް 60 ސިކުންތާ ހަމައަށް މިޔުޒިކް އިތުރުކުރެވޭނެ އެވެ. މިޔުޒިކް ލައިބްރަރީން ނުވަތަ ސާޗްކޮށްގެން ވެސް ލަވަ ހޮވޭނެ އެވެ. ސްޓޭޓަސް އަޕްޑޭޓްތައް އެންޑް-ޓު-އެންޑް އެންކްރިޕްޓްކުރެވިފައި ހުންނައިރު، މިޔުޒިކާ އެކު އަޕްލޯޑްކުރާ ސްޓޭޓަސް 24 ގަޑިއިރުން އަމިއްލައަށް ފޮހެވިގެންދާނެ އެވެ.

އިތުރު އާ ފީޗާތަކުގެ ތެރޭގައި 6 ފޮޓޯއާ ހަމައަށް ކޮލާޖް ފޯމެޓުގައި އަޕްލޯޑްކުރެވޭއިރު ފޮޓޯ ސްޓިކާއަކަށް ވެސް ބަދަލުކުރެވޭނެ އެވެ.

މި ފީޗާތައް އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވަނީ ލިބެން ފަށައިފައެވެ. މި އާ ފީޗާތަކުގެ ސަބަބުން ވައިބާގެ ސްޓޭޓަސް އަޕްޑޭޓްތައް އިތުރަށް ފުރިހަމަވެ، ބޭނުންކުރާ ފަރާތްތަކަށް އުފެއްދުންތެރި ގޮތްތަކެއް ލިބިގެންދާނެ ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.